ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މިގޮތުން ވަޒީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު ޖިއްދާއިން ފުރާވަޑައިގަންނަވަނީ ކަމަށެވެ.
Departing Jeddah after participating in the Extraordinary Session of the Council of Foreign Ministers of the @OIC_OCI.
During the meeting, I delivered a statement reiterating the #Maldives' strong and unwavering support for the Palestinian people amidst the ongoing Israeli…
— Abdulla Khaleel (@abkhaleel) March 8, 2025
ވަޒީރު ވިދާޅުވީ މި ބައްދަލުވުމުގައި ދެއްވި ބަޔާނުގައި، އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ގެދޮރު ދޫކޮށް ދިއުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި، ދިވެހިރާއްޖެ އޮތީ ފަސްނުޖެހި ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމުގައި ތަކުރާރު ކުރެއްވި ކަމަށެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެހެނިހެން ޤައުމުތަކުން ޚާރިޖީ ވަޒީރުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޯ.އައި.ސީ. އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްޤުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަކީ 1976 މި ޖަމުޢިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުޢިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.
މި ލިޔުން ކިޔާލުމުން