Saturday, October 31
މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި
ވާރޭ ވެހުމުން މާލޭގައި، ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން މިއަދު ފަށައިފިއެވެ. މި ޙަރަކާތް ފެށީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ. މި ޙަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ވަނީ ސަރަޙައްދަށް މިއަދު ވަޑައިގެންފައެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ފޯރައެވެ. ސިފައިންނާއި، ފުލުހުން އަދި މިނިސްޓްރީ އައި ކަމާއި ގުޅުންހުރި އިދާރާތައް ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭތެރެއިން ކުރަންޖެހެއެވެ. މިއަދު މި ވުޒާރާއިން ފެށި މި ޙަރަކާތަކީ، ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މި ވުޒާރާއިން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު