Friday, November 13
މާދަމާ އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރު ކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު  އާދިއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާގެ ޤާނޫނީ ޓީމުން ވަނީ އާދީއްތަ ދުވަހު އެ މައްސަލައިގައި އަޒްމިރަލްދާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގައިފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ އަށް ހާޒިރުވާން އެންގާފައިވަނީ ހެނދުނު 11:00 އަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.

ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އަޒްމިރަލްދާގެ ސަސްޕެންޝަނާއި ގުޅިގެން އޭނާގެ ޤާނޫނީ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަހްމަދު - 2025-03-08T08:58:06

    މުއިއްޒުގެ ނަން ތާތީހްގައި ލިޔާނީ ހާދަ ލަދުވެތި ގޮތަކަށް.