Tuesday, November 3
އަންހެނުންގެ ދުވަހުގެ ހާއްޞަ ޕެނަލް ޑިސްކަޝަން މިއަދު ބާއްވަނީ
އަންހެނުންގެ ދުވަހާއި ގުޅިގެން ހާއްޞަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންނަން މިނިސްޤރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑެވެލޮޕްމަންޓުން ނިންމައިފިއެވެ. މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދާ ޕެނަލްގެ ތީމަކީ "އެންމެހާ އަންހެނުން އަދި އަންހެން ކުދިންނަށް: ޙައްޤުތައް. ހަމަހަމަކަން. ބާރުވެރިކަން." މި ޝިޢާރެވެ. މިގޮތުން މި ޑިސްކަޝަންގައި އިޖުތިމާޢީ، ފަތުރުވެރިކަން، ކުޅިވަރު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ދާއިރާތަކުން އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަދު  14:30 ގައި ކުރިއަށް ގެންދާ މި ޑިސްކަޝަން ޕީ.އެސް.އެމް ނިއުސް އިން މި ދައްކާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު