Friday, November 13
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އޭޖީ އުޝާމް އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާރވިސް ކޮމިޝަން ( ޖޭއެސްސީ ) ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އެޓާރނީ ޖެނެރަލް އަލްއުސަތާޛު އަހްމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވި ކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެމަނިކުފާނު ގެ އިތުރުން އެ ކޮމެޓީގައި ތިއްބެވީ ޖޭއެސްސީގެ ރައީސުލްޖުމުހޫރިއްޔާގެ މެމްބަރު ޔަޒްމީދު މުހައްމަދު އާއި ވަކީލުންގެ ތެރެއިން އައްޔަންކުރައްވާފައިވާ އަލީ އަބުދުއް ލަތީފްއެވެ.

އޭޖީ އުޝާމް އެ ކޮމެޓީން އިސްތިއުފާ ދެއްވާފައި މިވަނީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒުމިރަލްދާ ޒާހިރު ޖޭއެސްސީއަށް ސިޓީ އެއް ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އޭނާގެ މައްސަލަ ބަލާ ކޮމެޓީގައި އޭޓާރނީ ޖެނެރަލް ހުންނަވާއިރު، އެމަނިކުފާނުގެ މަސައްލަހަތު އެ މައްސަލައިގައި ހިމެނޭ ކަމަށެވެ.

އެ ސިޓީއާއި އެކު ފަނޑިޔާރު ގެ ކަންބޮޑުވުން އޮތުމުން އިސްތިޢުފާ ދެއްވީ ކަމަށް މައުލޫމާތު ލިބެއެވެ.

އެކޮމެޓީގައި މިހާރު އުޝާމްގެ ބަދަލުގައި ހުންނަވާނީ އެކޮމިޝަންގެ މެމްބަރު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަހްމަދު ނާސިހް އެވެ.

ޖޭއެސްސީން ބަލުންދަނީ ފަނޑިޔާރު އަޒުމިރަލްދާ ޒާހިރު، ގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެކެވެ. މީގެ އިތުރުން ހުސްނުއްސޫޢުގެ ސުލޫކީ މައްސަލައެއް ވެސް ވަނީ ބަލަން ފަށާފައެވެ. ނަމަވެސް މައްސަލަ ބަލަމުން ދަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު މަހާޒު އަދި ފނަޑިޔާރު އަޒުމިރަލްދާ އާދިއްތަ ދުވަހު ޖޭއެސްސީ އަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު