Friday, November 13
ވައިލްޑް ލައިފް ދުވަހާއި ގުޅިގެން ފޮޓޯ މުބާރާތެއް ބާއްވަނީ
މިއަހަރުގެ ދުނިޔޭގެ ވައިލްޑް ލައިފް ދުވަހާއި ގުޅިގެން ފޮޓޯގްރަފީ މުބާރާތެއް ކުރިއަށް ގެންދަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ނިންމައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މި ފޮޓޯ މުބާރާތް ހުޅުވާލާފައިވަނީ ތިން ކެޓެގަރީ އަކަށް ބަހާލައިގެންނެވެ. އެއީ ވައިލްޑް ލައިފް، އޭރިއަލް ޑްރޯން އަދި ދިރޭތަކެތީގެ ހެބިޓަޓް މި ތިން ކެޓެގަރީއެވެ. މި ފޮޓޯގްރަފީ މުބާރާތުގައި ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯ އާޓް އެގްޒިޝަންއެއްގެ ގޮތުގައި ދައްކާލާނެއެވެ. އެންމެ މޮޅު ފޮޓޯ ހޮވުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ފޮޓޯގެ ކޮލިޓީއާއި އޭގައި ހިމެނިފައިވާ ވާހަކައަށް ބަލާ ޖަޖުންގެ ކޮމެޓީއަކުން މާރކްސް ދީގެންނެވެ. ކޮންމެ ކެޓެގަރީއެއްގެ އެންމެ މަތިން މާރކްސް ލިބޭ ފޮޓޯ އަކީ އެ ކެޓެގަރީއަކުން އެއްވަނަ ލިބޭ ފޮޓޯއެވެ. ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް  މަހުގެ 3 ވަނަ ދުވަހެވެ. މުބާރާތުގެ ޤަވާޢިދާއި މާރކްސް ދެވޭނެ ގޮތް އަދި ފޮޓޯ ހުށާހަޅަންޖެހޭ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފައެވެ. ދުނިޔޭގެ ވައިލްޑް ލައިފް ދުވަސް ފާހަގަކުރަނީ އެކި ކަހަލަ ދިރޭތަކެއްޗާއި ގަސްގަހާގެހި ރައްކާތެރިކޮށް އާލާކޮށް އެތަކެތީގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަމާއި މެދު ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު