Saturday, October 31
އާރުޑީސީގެ އެންމެ ބޮޑު މަޝްރޫޢު: މިލަންދޫ މަގު ހެދުމުގެ ފޭސް 1ގެ މަސައްކަތް ނިންމާލައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ށ. މިލަންދޫ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ހަ ކިލޯ މީޓަރުގެ ދިގުމިނުގައި، މުޅި ޖުމުލަ 10 މަގެއްގައި ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އަޅައިފައެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 156 މިލިޔަން ދިވެހި ރުފިޔާއެވެ.

‎"ސަބަބު" ނޫހަށް މަޢުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި ޕްރޮޖެކްޓް ކޯޑިނޭޓަރ އިސްމާޢީލް ޝާފިޢީ ވިދާޅުވީ، ރަށުގެ މަގުތައް ޑިޒައިން ކުރެވިފައިވަނީ ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންގެ ލަފާގެ މަތިން ކަމަށެވެ. އަދި މަގުތައް ފަރުމާ ކުރެވިފައިވަނީ ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް އެންމެ ފަސޭހަވާނެ ގޮތަށް ކަމަށް ޝާފިޢީ ވިދާޅުވިއެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ، އިސްމާޢީލް ޝަފިޢީ (ވ) ށ. މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވަނީ

‎"މީގެ ކުރިން މިލަންދޫ މަގުތަކަކީ އަޑިގުޑަން ގިނަ އަދި ވިއްސާރަވެއްޖެނަމަ ފެން ފެންބޮޑުވެގެންދާ މަގުތަކެއް. ނަމަވެސް މިހާރު މަގުތައް ހެދުމާއެކު މި މައްސަލަތަކަށްވަނީ ހައްލު ލިބިގެން ގޮސްފައި"، ޝާފިޢީ ވިދާޅުވިއެވެ.

‎މި މަޝްރޫޢުގެ ސަބަބުން މިލަންދޫގެ ރައްޔިތުންނަށް ލިބޭނެ ފަސޭހަތަކުގެ އިތުރުން، ރަށުގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އިޤުތިޞާދަށްވެސް ފައިދާތަކެއް ކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓު

  1. ޤިހިސަ - 2025-03-08T15:49:32

    ށުކުރިއްޔާ އިބޫސޯލިހް

  2. ކޮވިޑް ހަސަން - 2025-03-07T18:53:08

    ކޮންމެ ކިލޯ މީޓަރ އަކަށް 27 މިލިޔަން ރުފިޔާ. ޙާދަ އަގު އެބަހުއްޓޭ ދޯ.