Friday, November 13
މެމްބަރުން ބޭރުން ބޭސްފަރުވާ ކުރުމަށް ކާޑެއް ތައާރަފުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑް އިންޝުއަރެންސްގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް އެލައިޑުގައި އެދެން ފާސްކޮށްފައި ވަނީ މިދިޔަ ހަފުތާގެ ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެމަބަރު އިބްރާހީމް ދީދީ ހުށަހަޅުއްވައިގެންނެވެ.

ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަނބިމީހާ/ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނާއި، އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހެލްތު އިންޝުއަރަންސްގެ ޚިދުމަތާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން ވަނީ ދިރާސާކޮށްފައެވެ.

މީގެ އިތުރުން މެމްބަރުންގެ ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދޭން ވެސް އޭނާ ވަނީ  ހުށަހެޅުއްވުމަށް ތާއިދުކުރާ ކަމަށް ކޮމެޓީގައި އެދިފައެވެ. ނަމަވެސް އެއީ ދައުލަތުގެ ބަޖެޓަށް އެކަމުން ބުރޫ ނާރާގޮތަކަށެވެ.

އެ ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކުރެއްވިއިރު، ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އަށް މެންބަރުންގެ ތާއިދާއެކުގައެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ވަނީ މެމްބަރުންނަށް ޚާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް ދިމާވާ ކަމަށް ވިދާޅުވެ ކޮމެޓީގައި އެކަމުގެ ޝަކުވާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޢަހްމަދު - 2025-03-07T15:24:33

    ރައްޔިތުން ނުކުމެ މެމްބަރުން ބޭރުކުރަން އެބަ މަޖުބޫރުވޭ. ފޮނި ބޮށުވަނީ!