އަންނަ އާދީއްތަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައި ސިފައިންގެ ތަމްރީންތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ތަމްރީނުތަކެއް 2025 މާރިޗު 09 އިން އޭޕްރީލް 05 އަށް ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށްދާނެ ކަމަށެވެ.
މިގޮތުން ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ 16:00 އިން 18:00 އަށް އަދި ކޮންމެ އަންގާރަ ދުވަހެއްގެ 22:00 އިން އަނެއް ދުވަހުގެ 01:00 އަށް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ތަމްރީނުގައި ސިފައިން ކޮމްބެޓް ގިޔަރުގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން