Saturday, October 31
މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާކުރައްވައިފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ، ފާޠިމަތު އާޝާނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރަކުރައްވާފައިވެއެވެ. މިގޮތުން ކޫއްޑޫ އަދި ފެލިވަރުގައި ހުރި އެފްއެސްއެމުގެ ތަންތަން ތަރައްގީ ކުރުމަށް، އެފްއެސްއެމުން ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވައިފައެވެ. މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މީގެ ކުރިން ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިގޮތުން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްޤީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރު ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި ޢާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު