Tuesday, November 10
ބާޒާރުގައި މިރުހުގެ އަގު ދަށްވެއްޖެ!

މި ރަމަޟާން މަހު ބާޒާރުގައި މިރުހުގެ އަގު ހުރިއަގާ ބަލާއިރު ވަރަށް ބޮޑަށް އަގު ދަށްވެއްޖެއެވެ.

ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ދިވެހި ރ މިރުސް ވިއްކަން ހުރީ 100ގ. ތިރީސް ފަސް ރުފިޔާ އަށެވެ. އެހެން ނަމަވެސް މިއަދު ބާޒާރުގައި މިރުސް  ވިއްކަން ހުރީ ވިހި ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި ތަކެއްތި ވިއްކާފަރާތްތަކުން ބުނީ މިރުހުގެ އަގު ދަށްވީ ލ އަތޮޅާއި ތ އަތޮޅުން ގިނަ އަދަދަކަށް މިރުސް ގެނެސްފައިވާތީ ކަމަށެވެ.

މީގެ އިތުރުން ބާޒާރުގައި ކޮޕީ ފަތް ވެސް ވަނީ އަގު ހެޔޮވެފައެވެ. ރޯދަ މަސް ފެށުނު އިރު ދެ ފަތުގެ ކޮޕީފަތު ބޮޏދިއެއް ހުރީ 15 ރުފިޔާ އަށެވެ. ނަމަވެސް މިއަދު ބާޒާރުގައި 4 ފަތުގެ ކޮޕީފަތް ބޮނޑިއެއް 1 ރުފިޔާ އަށް ލިބެންއެބަހުރިއެވެ. ބާޒާރުގައި ގިނައިން ހުރީ ތޮއްޑޫއިން ގެނެސްފައިވާ ކޮޕީފަތެވެ.

ކަރާގެ އަގު ބާޒާރުގައި ހުރީ ހިފެހެއްޓިފައި

ބާޒާރުގައި ތަރުކާރީ އާއި މޭވާ ތިޔާގިނަމަވެސް ފަނި ގިރުމަށް ބޭނުންކުރާ ކަރާ، ކުރުނބާ، އަދި އަނބު ހުރީ އެއްގަގެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ކަރާކިލޯ އެއް އަދި ވެސް ހުރީ 2 ރުފިޔާއަށެވެ. އަނބު ހުރީ 80-90 ރުފިޔާ އާއި ދެމެދުގައެވެ. ލުނބޯ ހުރީ ސާޅީސް ފަސް ރުފިޔާއަށެވެ.

ސަރުކާރުން ވަނީ ބާޒާރުގައި އަގު ކޮންމެ ދުވަހަކު ބަލާ އަގުމަތިވާ ތަކެތި ނުވަތަ ބާޒާރުގައި ނެތް ތަކެތި ގެނެސް އަގު ހުފެހެއްޓުމަށް ޚާއްޞަ މަސައްކަތެއް ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު