Tuesday, November 17
ދަނޑުވެރިންނާއި ރާއްޖޭގައި އުފައްދާ ގޮވާންތަކުގެ މަޢުލޫމާތު އެއްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ޓީމަކާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ދަނޑުވެރިންގެ މަޢުލޫމާތާއި ރާއްޖޭގައި އުފައްދާ ދަނޑުގޮވާމުގެ ބާވަތްތަކާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެ ވުޒާރާއިން ބުނީ މިކަމުގައި އެމްބީއެސްގެ އެހީތެރިކަމާއި އިރުޝާދު ލިބިގެންދިއުމަކީ ދަނޑުވެރިކަމުގެ މަޢުލޫމާތު އެއްކުރުން ހަރުދަނާކުރުމުގައި އަގުހުރި ކަމަކަށް ވަނެ ކަމަށެވެ. އަދި މި މަސައްކަތް ރަނގަޅު ގޮތުގައި ތަންފީޒުކުރެވޭތޯ އެ ވުޒާރާއިން ވަރަށް ގާތުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު