Saturday, October 31
ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ސްރީލަންކާއާ މަޝްވަރާކުރައްވައިފި
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު، ސްރީލަންކާގެ އެކްޓިންގ ހައި ކޮމިޝަނަރ، ޑީ. އަމަނުއްލާއާ ބައްދަލުކުރައްވައިފިއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ކުޅިވަރާއި އެތުލީޓުންނަށް ލިބޭ ފުރުޞަތުތައް ރަނގަޅުކުރުމާއި، އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމަށް މަސައްކަތް ކުރެއްވުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު