Saturday, October 31
ފަލަސްތީނާ ގުޅޭގޮތުން ބާއްވާ އޯއައިސީގެ ބައްދަލުވުމަކަށް ފޮރިންގ މިނިސްޓަރ ސައުދީއަށް
ފަލަސްތީނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުއްގައި ބައިވެރިވެޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ނެރުމަށް އިސްރާއިލުން ގޮވައިލައިފައިވާ ގޮވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އޯއައިސީގެ ބައްދަލުވުމެއް ކަމަށެވެ. މީގެ އިތުރުން،ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ބައިނަލްއަގުވާމީ މަތީ ފަންތީގެ އެކިއެކި ފޯރަމްތަކުގައި ރާއްޖެއިން ދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރަމުންނެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 48،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ފަނަރަ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަނޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު