ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފިނިބުރެއް މިއަދު ބާއްވައިފިއެވެ.
"އެކުވެރިކަމުގެ ފިނިބުރު 2025" ގެ ނަމުގައި ބޭއްވި މި ބުރު ފެށީ މިއަދު 16:00 ގައި ހެދޮގޮނޑުދޮށް ސަރަހައްދުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި މި ބުރުގައި އެ ވުޒާރާއާއި ދައުލަތުގެ އެހެނިހެން ބައެއް އޮފީސްތަކާއި މުއައްސަސާތަކުންނާއި އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ސައިކަލު ބުރު ނިންމާލީ ރަސްފަންނު ސަރަހައްދަށެވެ.

ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ހަމަޖެއްސެވީ 3 ޖަނަވަރީ 2018 ގައެވެ.

މި ދުވަސް ފާހަގަކުރުމަށް ނިންމެވީ މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް ކަމަށް ވެފައި، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ އެވެ.
މި ލިޔުން ކިޔާލުމުން