ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާރމިނަލް ސަރަހައްދުގެ ފަޅު ބޭނުންކުރުމަށް ހުޅުވާލައިފިއެވެ.
ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ، މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދުކުރާ ކަމަށެވެ.
އެހެންކަމުން ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2025 ގެ 14:00ގެ ކުރިން އެމްޓީސީސީ އަށް އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ނަންބަރު 7978865 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް މިކަން ކުރުމަށް ނިންމާފައިވާއިރު، މިއީ ވާރެޔާއި އަވީގައި މާލެއަށް ލަފާކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.
މި ލިޔުން ކިޔާލުމުން