Tuesday, November 17
ޕީއެންސީ މަޖިލިސް މެންބަރުންނަށް ޚާއްޞަ ޑެސްކެއް ޤާއިމުކުރި ޚަބަރަކީ ކަނޑައެޅިގެން ދޮގެއް: އާސަންދަ
ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސައިދޭން، އާސަންދަ އޮފީހުގައި ޚާއްޞަ ޑެސްކެއް ޤާއިމްކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫސް "އަދަދު" އިން ގެނެސްދީފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމުގައި އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އާސަންދައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަދަދު ނޫހުން ގެނެސްދީފައިވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި އާސަންދަ ކުންފުނިން އެފަދަ އެއްވެސް ޑެސްކެއް ޤާއިމުކޮށްފައިނުވާނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ "އަދަދު" އިން ގެނެސްދިން ޚަބަރު ދޮގުކޮށް، އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދަދު ނޫހަކީ ސަރުކާރަށް ފާޑުކިޔައި ގިނަ ޚަބަރުތަކެއް ޝާއިޢުކުރަމުންދާ ނޫހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު