Friday, November 13
ކޮލިޓީގެ މައްސަލަ ފާހަގަވެގެން ގެސްޓްރިކް އިންޖެކްޝަނެއް ވިއްކުން މަނާ ކޮށްފި
ގޭސްޓްރިކަށް ބޭނުންކުރާ އިންޖެކްޝަނެއްގައި ކޮލިޓީގެމައްސަލަތަކެއް ފާހަގަކުރެވިފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ އިންޖެކްޝަން ވިއްކުން މަނާ ކޮށްފިއެވެ. " ޕެންޓޮޕް 40 އިންޖެކްޝަން" ނަމަކަށް ކިޔާ މި އިންޖެކްޝަން ގައި ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެ އިދާރާއިން އާއްމުކޮށްފައިވާ އެލާރޓްގައިވާ ބެޗް ނަންބަރުގައިވާ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް  މަނާކަމަށެވެ. އެ އިންޖެކްޝަން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް އެމްއެފްޑީއޭން ވަނީ އެދިފަ އެވެ. ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޭސް އެއް ތަނުން އަނެއް ތަނަށް ގެންގޮސް އަދި  ގުދަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް ބޭސް އެތެރެކޮށް ވިއްކާ ކުންފުނިތަކަށް މިކަން އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު