Saturday, October 31
ރޯދަ މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތް ހަދަން ސާފުކުރަން ފަށައިފި
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު  ބޭނުން ކުރެވޭނެ ގޮތެއް  ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށައިފިއެވެ. މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން ރަސްފަނު ސާފުކުރަމުްނދާ ފޮޓޯ އެކްސްގައި ހިއްސާކުރައްވާފައެވެ. ރަމަޞާން މަސް ނިމުމުގެ ކުރިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ވަނީ ރަސްފަންނު މަރާމާތުކޮށްފައެވެ. އަލުން މަރާމާތުކޮށް ނިންމާ އާއްމުންނަށް ހުޅުވޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެއެވެ. ރަސްފަންނު ހަލާކުވެ ވީރާނެފައިވާތީ އެތަނުގެ ހާލަތާއި މެދު ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއި އެކު އެތަން މަރާމާތު ކުރުމުގެ ކަންކަން ވަނީ ހަލުވިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު