Saturday, October 31
ބޭރުގެ ގިނަ އެއަލައިންތަކުގެ ދަތުރުތައް ރާއްޖެއަށް އިތުރުކުމުގެ މަޝްވަރާކޮށްފި
ބޭރުގެ މަޝަހޫރު އެއަރ ލައިންތަކުގެ ދަތުރުތައް ރާއްޖެއަށް އިތުރުކޮށް ވައިގެ ދަތުރު ފުޅާކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެނަވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް މަޝަވަރާކޮށްފިއެވެ. މިނިސްޓަރ އެއަލައިން އަދި އެހެނިހެން ޓޫރިޒަމް އާއި ތިމާވެއްޓާއި ގުޅުން ހުރި އިސްފަރާތްތަކާއި މަޝަވަރާކޮށްފައިވަނީ އައިޓީބީ 2025 ގައި ބައިވެރިވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ޤަތަރު އެއަރވޭސްގެ، ބްރިޓިޝް އެއަރވޭސް، ކޮންޑޯ އެއަރލައިން، ޑީނާޓާއާއި ގެ އިތުރުން އެޑެލްވައިސް އެއަރލައިންގެ ޓީމާއި ބައްދަލުކުރައްވާފައެވެ. ގަތަރު އެއަރވޭސް ގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް އަންނަ ވައިގެ ދަތުރުތައް އިތުރުކޮށް، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.މިބައްދަލުވުމުގައި ވަނީ ރާއްޖެއާއި ޤަތަރާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް އިތުރުކުރުމާއި، ދެޤައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ކޮންޑޯ އެއަރލައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް އެ އެއަރލައިންގެ ސީދާ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރުމާއި، ދެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، އިތުރު ސީދާ ދަތުރުތަކެއް ތަޢާރަފުކުރެވިއްޖެނަމަ އެއީ ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައެވެ. ކޮންޑޯ އެއަރލައިންއިން މިހާރުވެސް ރާއްޖެއަށް ގަވާއިދުން ދަތުރުތައް ކުރަމުންދާއިރު، އިތުރު ދަތުރުތަކެއް ތަޢާރަފުކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ދެފަރާތުން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުުނެފައިވެއެވެ. ބްރިޓިޝް އެއަރވޭސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް އެއަރލައިންގެ ޚިދުމަތް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ޑީނާޓާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެވިއޭޝަން ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޑީނާޓާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި، ދެފަރާތުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ޑީނާޓާއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޑީނާޓާއަކީ ދުނިޔޭގެ އެވިއޭޝަން ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވެފައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މި ކުންފުނީގެ ޚިދުމަތްތައް އިތުރުވުމަކީ ދާއިރާގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އައި.ޓީ.ބީ ބަރލިން 2025 އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ ކަމުގައިވާއިރު، މި ފެއަރގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ބައިވެރިވުމެއް ދައްކުވައިދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު