Friday, November 13
ބްރިޖްމަތިން ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލޭ ބްރިޖްމަތިން ފުންމާލި މީހަކު ސަލާމަތްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި  އާއްމުވެފައިވާ މި  ވިޑިއޯއިން ފެންނަނީ އޭނޭ ސަލާމަތް ކުރުމުގައި މަގުމަތި ބަލަހައްޓަމުން ދިޔަ ފުލުހުންތަކެއް އެހީތެރިވި މަންޒައެވެ.

މި ހާދިސާ ހިންގާފައިވަނީ މިއަދު ފަތިހުއެވެ.

ފުލުހުން ބުނީ ބްރިޖުން މީހަކު ވެއޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 05:42 ގައި ކަމަށެވެ.

އަދި އެކަމަށް އެޓެންޑް ވުމަށްފަހު އެމީހާ މިއަދު 06:15 އެހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު