ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައިވާ ކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައި. ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ… pic.twitter.com/pvLtMgJIyr
— STELCO (@STELCOMALDIVES) March 5, 2025
އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ހޫނުގަދަ މަސްމަހުގައާއި ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު، މި މަސްމަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވާ ކަމުގެ ޝަކުވާތައް ރައްޔިތުން އަބަދުވެސް ކުރެއެވެ. މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުތަކުން މަދުވެގެން %10 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވައިފައެވެ. މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ވަނީ ޑިސްކައުންޓް ދީފައެވެ.
މި ލިޔުން ކިޔާލުމުން