މެދުރާއްޖެތެރޭގެ ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މިގޮތުން އެ ކޯޕަރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ނ. ހޮޅުދޫ އަމީރު އަމީން މަގުގައި ބެކް ފިލިންގެ މަސައްކަތާއި، ޗާންދަނީ މަގުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް.#TeamRDC #RoadhaigeRoohu pic.twitter.com/aRiHnFKsUs
— Road Development Corporation Ltd (@rdcmaldives) March 5, 2025
މީގެ އިތުރުން، ޅ. ހިންނަވަރުގެ ރޯޑް 01 ގައި ދުވާރު މަސައްކަތާއި ޑެއިޒީ މަގުގައި މަގު ބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އާރްޑީސީން ހާމަކުރެއެވެ.
އަދި އދ. މާމިގިލީގައި މިހާރު ކުރިއަށްދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ބީޗު މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތެވެ.
އާރްޑީސީން ދަނީ މެދުރާއްޖެތެރޭގެ ހަތް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނ. ހޮޅުދޫ އާއި ނ، ވެލިދޫ އާއި ޅ. ހިންވަރާއި މ. މުލަކާއި، އއ. ތޮއްޑޫ އަދި އދ. މާމިގިލީގެ އިތުރުން ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން