Friday, November 13
އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ ބައްލަވާލައްވައިފި
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވާލައްވައިފިއެވެ. އެނދު އިތުރުކުރުމުގެ ގޮތުން ތަރައްޤީކުރަމުންދާ ސަރަހައްދުގެ މަސައްކަތް ޞިއްޙީ ވަޒީރު ބައްލަވާލައްވާފައިވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަކަށްފަހުއެވެ. އައިޖީއެމްއެޗްގެ ވެރިންނާއި މިއަދު ބޭއްވި މިބައްދަލުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމާއިޚިދުމަތްތައްހަރުދަނާކުރުމަށްމަޝްވަރާކުރުމެވެ. ހޮސްޕިޓަލުގެ 75 އެނދު އިތުރުކުރުމުގެ ބޭނުމަކީ ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްފުޅާކޮށް، އެޑްމިޓްކޮށް ޚިދުމަތްދޭ ފަރާތްތަކަށް ދެމުންދާ ޚިދުމަތް ހަރުދަނާކޮށް ތަރައްގީކުރުމެވެ. އައިޖީއެމްއެޗްގެ ބެޑު ކެޕޭސިޓީއަކީ ގާތްގަނޑަކަށް 350 އެނދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު