Friday, November 13
މިފްކޯގެ ސީއީއޯ ކަމަށް ފަރުހަތު ޝަހީރު އައްޔަންކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ( މިފްކޯ ) މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އޭނާ އެމަޤާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ. މިފްކޯގެ ސީއީއޯ ގެ މަޤާމަށް ފަރުހަތު ޝަހީރު އައްޔަންކުރައްވާފައި މިވަނީ އެ މަޤާމާއި މީގެ ތިން މަސްދުވަސް ކުރިން ހަވާލުވެވަޑައިގެންނެވި ޑރ. ވިޓާލީ ލިއުބިމޮވް އެ މަގާމުން ވަކި ކުރުމަށް ފަހުގައެވެ. އޭނާ އެ މަޤާމުން  ވަކިކުރީ މިމަހުގެ ތިންވަނަ ދުވަހުއެވެ. މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ދުވަސްވަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަޤާމްވެސް އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު