މާލޭގެ ގަރާޖެއް ބަލައިފާސްކޮށް ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރުފަހު މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ. އެގޮތުން، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ މެންދުރުފަހު ވަނީ މާލޭގައި ހިންގަމުން… pic.twitter.com/1o8jcaphiL
— Maldives Immigration (@ImmigrationMV) March 5, 2025
މިގޮތުން ބަލައިފާސްކުރުމުގެ ތެރެއިން އެތަނުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ރޯދައަށް ޚާއްޞަކޮށްގެން މާލޭގައި ހިންގަމުންދާ މާރުކޭޓުތަކަށް އަމާޒުކޮށްގެންވެސް އޮޕަރޭޝަނެއް ހިންގައިފައެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން ބަލައިފާސްކުރެވުނުއިރު، ޞައްޙަ ވިސާގައި އެ ބިދޭސީއަކު މަސައްކަތް ކުރަންޖެހޭ ތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު ގިނަކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި، ކުރިއާ އަޅާބަލާއިރު ޞައްޙަ ވިސާގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަ ކަމަށްވެސް އެ މުއައްސަސާއިން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން