ދުންފަތާ ދުފުމާއި ދުރުވުން
ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާދަވެ ދެވިހިފާފައިވާ ކަމެއްގެ ގޮތުގައި ދުފުން ފާހަގަކުރެވެއެވެ. އަދި ސިގިރޭޓް ބުއިމުގެ އާދަ އަކީވެސް ވަރަށް ގިނަ މީހުންނަށް ކުރެވޭ އަދި އެހާމެ ހަށިގަނޑަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް ރޯދަ މަހު މުޅީ ދުވާލު ކެއުން ބުއިމާއި ދުރުހެލިވުމުގެ ސަބަބުން މިފަދަ އާދަ ދޫކޮށްލުމަށް ފަސޭހަވާނެއެވެ. މުޅި ދުވާލު ދުންފަތުގެ އިސްތިއުމާލު ނުކޮށް ހުރުމާއެކު ރޭގަނޑު ހުސްކޮސް ލިބޭ މަދު ވަގުތުކޮޅުގައި، ހިތްވަރާއެކު ދުންފަތުން ދުރުހެލިވެ، ސަލާމަތްވުމަށް ރަމަޞާން މަހަކީ ރަނގަޅު ފުރުޞަތެކެވެ. އަޒުމް ކަނޑައަޅަންވީ މި ރަމަޟާން މަހުގައި، ދުނަފތުގެ ނުބައި އާދަ އަހަރެން ދޫކޮށްލާނެ ކަމަށެވެ.ރަމަޟާންމަހަކީ ދުންފަތުގެ ނުބައި އާދަ ދޫކޮށްލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.ރޯދަ ވީއްލުމާއި ހާރުކެއުމުގައި މިންހެޔޮ ކާނާ ބޭނުންކުރުން
ރޯދަ ވީއްލުމާއި ހާރުކެރުމުގައި ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަކަތަ ލިބުމަށް އެހީތެރިވުމަށް މުހިންމު ބައެކެވެ. އެގޮތުން ހާރު ކެއުމުގައި ވީހާވެސް ލަސްކޮށްލުމަކީ މުޅި ދުވަހަށް ބޭނުންވާ ހަކަތަ ލިބުމަށް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ކެއުމުގައި ހިމެނިދާނެ ކާނާގެ ތެރޭގައި ބަތް، ފަތު ސަޓަނި، ފިހުނު މަސް، އާޓާރޮށި، ބަށި ފަދަ ރާއްޖެއިން ފަސޭހައިންލިބޭ ތަކެތި ހިމެނިދާނެއެވެ. މީގެ ިއތުރުން ކރުއ ަލައިގެން ކައްކަފައި ހުންނަ އޮޓްސް އާއި ބިހާއި، ދޮންކެޔޮ އަދި ކަދުރުވެސް ކެއުމުގައި ހިމެނިދާނެއެވެ. ރޯދަ އަށް ނުހުންނަ ވަގުތުތަކުގައި ގިނަަގިނައިން ދިޔާ ތަކެތި ބުއިމާއި ފެން ގިނަ މޭވާއާއި ތަރުކާރީ ކެއުމުގެ އިތުރުން ހެލިފެލިވެއުޅުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.‘Roadha Aai Sihhath’
Suhoor meal plays an essential role in the month of Ramadan. Here are some important Suhoor tips shared by our Clinical Dietitian, Ms Aminath Iasha.#TTH #RoadhaAaiSihhath #Suhoor #Ramadan #ExcellenceinHealthCare pic.twitter.com/lbiJaweQsb — Tree Top Hospital (@treetophospital) February 28, 2025
ފެން ބޯން އާދަ ކުރުން
ރޯދަ މަހު މުޅި ދުވާލު ފެން ނުބޮއެ ހުރުމުން ރޯދަ ވީޢްލުމާއި، ހާރު ކެއުމާއި ދެމެދު ގިނައިން ފެން ބޯންވާނެއެވެ. އެގޮތުން އެދެމެދު މަދުވެގެން 8 ތަށި ފެން ބުއިމަށް ހަނދާންކުރަންވާނެއެވެ. ކޮފީ ، ކޯލާ ފަދަ ކެފެއިން ހުން ބުއިންތަަކުން ދުރުހެލިވެ އޭގެ ބަދަލުގައި ފެން ބޯން އާދަކޮށްލާށެވެ.އާސިޔާ އަބްދުލް ރަހީމ ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ގެ އިރުޝާދު
ރޯދަ ހިފުމަކީ އެކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެއް ކަމަށް އާސިޔާ ވިދާޅުވެއެވެ. ހަށިގަނުޑުން ވިހަ ނައްތާލުމާއި ، ފުރަމޭއިން ސަރުބީ އެނދުން ފަދަ ގިނަ ޞިއްޙީ ފައިދާތަކެއް ލިބޭކަމެއް ކަމަށް އާސިޔާ ފާހަގަކުރެއެވެ. ނަމަވެސް އާސިޔާ ފާހަގަކުރަނީ އަޅުގަނޑުމެންނަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ނޭދެވޭ އަމަލުތަކެއްގެ ސަބަބުން ބަރުދަން އިތުރުވުމާއި ފުރަމޭގެ ސަރުބީ ހިފުމާއި ހަކުރު ކޮންޓްރޯލުންެ ނެއްޓުންފަދަ ކަންކަން ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަށިގަނޑުން ފެން މަދުވުމާއި ގޭސް މައްސަލަ ޖެހުންފަދަ ޞިއްޙީ މައްސަލަ ދިމާވާކަން އޭނާ ކިޔައިދިނެއެވެ. މިކަންކަން ރަނގަޅު ކުރުމަށްޓަކައި ކެއިން ބުއިމުގައި އިސްރާފު މަދުކޮށް ކެއުމުގައި މެދު މިންވަރެއް އިޚްތިޔާރކޮށް ހާރުގަޑިި ލަސްކޮށްލުމަށް އާސިޔާ އިރުޝާދުދެއްވައެވެ. އަދި ރޯދާ ވީއްލާ ގަޑީގައި އަވަސްއަރުވާލައިގެން ނުކައި ، ފަންޏާއި ފޮނި ކާއެްޗެހި މަދުކުރުމަށް ވަނީ އެދިފައެވެ. ހަކުރު ބަލި ފަދަ ބައްޔެއް ހުރިނަމަ ޑައެޓީޝަނެއްގެ އިރުޝާދާއި އެކު ކެއިން ބުއިން ބައްޓަން ކުރުމަށްވެސް އޭނާ ވަނީ އެދިފައެވެ. އޭނާގެ އިލްތިމާސްްއަކީ ކެއިން ބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިި ދުޅަހެޔޮކޮށް ބައްޓަން ކުރުމަށް އިލްތިމާސްކޮށްފައެވެ.ރޯދައިގެ ސިއްޙީ ފައިދާ ފުރިހަމައަށް ހޯދުމަށް އަޅުގަނޑުމެންގެ ޑައިޓީޝަނުންގެ ނަސޭހަތް - އާސިޔާ އަބްދުލް ރަހީމް - ސީނިއަރ ޑައިޓީޝަން pic.twitter.com/2pbYrfoNer
— IGMH (@igmhmv) February 28, 2025
މާބަނޑު މީހުން ރޯދަ ހިފުން

ކޮންމެ ދުވަހަކު ބޭސްކާންޖެހޭ މީހުން
ރޯދަ މަހު ބޭސް ކެއުމުގައި ގެންގުޅެން ޖެހޭ އާދައާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އަލީ ވިދާޅުވަނީ ލޭމައްޗަށް ދާ މީހުން ބޭނުންކުރާ ގިނަ ބޭސް ބޭނުުންކުރަންޖެހެނީ ދެ އިރު ކަަމަށެވެ. އެގޮތުން ދެއިރަށް ކާ ބޭސް އެއް ޑޯޒްގެ ގޮތުގައި ވެސް ބޭނުންކުރި ނަމަވެސް މައްސަލައެއް ދިމާނުވާނެ ބޭސް ހުންނާނެ ކަމަށް މުހައްމަދު އަލީ ކިޔައިދިނެވެ. ނަމަވެސް މިކަން ކުރަންޖެހެނީ ޑޮކްޓަރުގެ އިރުޝާދާއި އެކުގައެވެ.🌙✨Ramadan and Health Episode 1: Information on adjusting the dosage of BP medication & dosage timing of Diuretics.⏰ Keep track of your blood pressure and Consult your physician for monitoring Dr. Mohamed Ali Physician National Center for Respiratory Medicine IGMH @Moxamedalu pic.twitter.com/J7hiPywrNQ
— STO Healthcare Solutions (@StoMedical) March 4, 2025






