Tuesday, November 10
ޓޫރިޒަމް ދަށް މޫސުމުގައި ރާއްޖެއަށް ފްލައިޓްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ޓޫރިޒަމް ދަށް މޫސުމުގައި ރާއްޖެއަށް ފްލައިޓްތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އައި.ޓީ.ބީ ބަރލިން 2025 ގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަނުގައި ހުންނެވި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް، އެޑެލްވައިސް އެއަރލައިންގެ ޓީމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެކުގައި މަސައްކަތްކުރުމާއި، ޓޫރިޒަމްގެ ދަށް މޫސުމުގައި ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމާއި ގުޅޭގޮތުންނެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ އެޑެލްވައިސް އެއަރލައިނަކީ ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިނެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް އެ އެއަރލައިނާއެކު ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެޑެލްވައިސް އެއަރލައިންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖެއަކީ އެ އެއަރލައިންގެ މުހިންމު މަންޒިލެކެވެ. އަދި ޓޫރިޒަމްގެ ދަށް މޫސުމުގައިވެސް ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް އެ ފަރާތުން ޝައުޤުވެރިކަން ފާޅުކުރިއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެވަޑައިގަތީ، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެކުގައި މަސައްކަތްކުރުމަށާއި، ޓޫރިޒަމްގެ ދަށް މޫސުމުގައި ދިވެހިރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު