Saturday, November 14
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ވިސާމް އިސްތިއުފާ ދެއްވައިފި

ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުން މަރްޔަމް ވިސާމް އިސްތިއުފާ ދެއްވައިފި އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމް ވިސާމް އަދާކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ދައުރުގައި 2024 ވަނަ އަހަރުން ފެށިގެންނެވެ.

ވިސާމް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ވެސް ވަޒީފާ އަދާކުރައްވާފަ އެވެ.

މާރކެޓިންގ އަދި ވިޔަފާރީގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ވިސާމް ވަޒީފާއިން ވަކިވީ ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު