މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮކްޝަލް ޕޯޓަލް މެދުވެރިކޮށް އައްޑޫ ސިޓީ ހިތަދޫ ޕޯޓްގެ ނީލަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިގޮތުން އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އޮކްޝަން ޕޯޓަލުން ހިތަދޫ ޕޯޓްގެ ނީލަންތައް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.
Auctions of Hithadhoo Port are now available on our Auction Portal.
Subscribers can easily browse, view details, and participate in these auctions with just a few clicks.
This new feature is designed to make the auction process more convenient and accessible than ever before.… pic.twitter.com/zt4v6wyKdM
— Maldives Ports Limited (@Portmv) March 4, 2025
މިއާއެކު ފަސޭހަކަމާއެކު ނީލަންތައް ހޯދައި، އޭގެ ތަފްޞީލްތައް ބަލައި ނީލަންތަކުގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެމްޕީއެލް އިން ބުނީ މި އާ ފީޗަރ އަކީ ނީލަން މަރުހަލާ ކުރިއަށްވުރެ ފަސޭހަކޮށް، ގިނަ ފަރާތްތަކަކަށް ބައިވެރިވެރިވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެއް ކަމަށެވެ.
އެމްޕީއެލްގެ އޮކްޝަން ޕޯޓަލް ތަޢާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ.
މި ލިޔުން ކިޔާލުމުން