Saturday, October 31
ކުޑަހުވަދޫގެ މަގު ހެދުން: ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ކުރިއަށް
ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އާރްޑިސީން ބުނީ ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ދޮށިމޭނާ މަގުގައި ސްޓޯރމް ވޯޓަރ ލައިން އެޅުމަށް މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ބުނެއެވެ. ޒަމާނީ ފެންވަރަށް ކުޑަކުވަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. ޖުމުލަ 122.87 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމރެއް ޤާއިމްކުރުމާއި، މަގުތަކާ އެއްވަރަށް މިހާރު ހުރި ޖަންކްޝަންތައް އުސްކުރުމާއި، މަގުތަކުގައި ނިޝާންތައް ކުރަހައި، މަގުބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު