Saturday, October 31
މުލަކު މަގު ހެދުމުގެ މަޝްރޫޢު: މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށް
މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބައެއް މަގުތަކުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އާރްޑީސީން ހާމަކޮށްފައިވާ ގޮތުގައި މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސޯސަން މަގުގައި ދުވާރުގެ މަސައްކަތް އަދި މަގު އެއްވަރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސައިޓުގައި ޕޭވްމަންޓް ބްލޮކް ކެނޑުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރެއެވެ. މި މަޝްރޫޢުގެ %68 އަށްވުރެ ބޮޑު ބައި މިހާރު ވަނީ ނިމިފައެވެ. މުލަކުއަތޮޅު މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރްޑީސީ އާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ބެހެއްޓުންވެސް ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމާއި އެއަށް ބޭނުންވާ ކަރަންޓު ކޭބަލްވެސް މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު