ދެކުނުގެ ތިން ރަށެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށްގެންދާ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރެވެމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ތ. ތިމަރަފުށީ ބީޗު މަގުގައި މަގު ބައްތި ޖެހުމުގެ މަސައްކަތާއި، ބީޗް މަގުގައި ކޭބަލް ޖަންކްޝަން މަތިގަނޑު ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުން، ގއ. ކޮލަމާފުށީ އަމީނީމަގުގައި ދުވާރުގެ މަސައްކަތާއި، ޗާންދަނީ މަގުގައި މަގު އެއްވަރު މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
އަދި ގއ. ވިލިނގިލީ ދެވަނަ ފިޔަވަހީގެ މޫސާ މަގުގައި ކާރބްސްޓޯން ޖެހުމުގެ މަސައްކަތާއި، ބަރާސީލު މަގުގައި ދުވާރުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އާރުޑީސީން ދަނީ ދެކުނުގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. އެއީ ތ. ތިމަރަފުއްޓާއި، ލ. ގަން ފޭސް 2 އާއި، ގއ. ކޮލަމާފުއްޓާއި، ގއ. ވިލިނގިލި ފޭސް 2 ގެ އިތުރުން ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ އެވެ.
މި ލިޔުން ކިޔާލުމުން