Saturday, October 31
އެޗްޑީސީގެ ޗެއާމަން ނާޞިފް، ވެމްކޯގެ ޗެއާމަންގެ މަޤާމަށް ބަދަލުކޮށްފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ނާޞިފް އެ މަޤާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންގެ މަޤާމަށް ޢައްޔަންކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޗްޑީސީގެ ޗެއާމަން ކަމަށް ނާޞިފް ޢައްޔަންކުރީ މިދިޔަ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އޭނާ ވަނީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު އޭނާ ވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޞިފް ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު