Friday, November 13
ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލާއި ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ރަމަޟާން މަހަށް ޚާއްސަކޮށް "އަވަސްވެ ގަންނާށެ" މި ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

ފަސް ހަފްތާއަށް ބަހައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އައްސޭރި ޖަލުގެ 116 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި ހުޅުމާލޭ ޖަލުން ބައިވެރިވީ 51 ޤައިދީންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމާއި، އިސްލާމް ދީނާއި ކީރިތި ޤުރުޢާނަށް ލޯބިކުރާ ބަޔަކަށް ވުމަށް ބާރުއެޅުމެވެ.

މީގެ އިތުރުން މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމް ދީންގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލު ގެނައުމަށް ބާރުއަޅާނެއެވެ.

މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީންގެ ރިހެބިލިޓޭޝަނަށް ވަރަށް މުޙިއްމު ޕްރޮގްރާމްތަކެވެ. އަދި މުސްތަޤްބަލްގައި ޤައިދީންގެ ރިހެބިލިޓޭޝަން އިތުރަށް ފުޅާކޮށް، ތަޢުލީމީ، ފަންނީ އަދި ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އައްސޭރި ޖަލުގައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު