Monday, November 9
ޖެނުއަރީ މަހުގެ އިމްޕޯޓް އިތުރުވެއްޖެ
ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 5.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި ތެޔޮ ނުހިމަނައި ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކުރީ މެޝިނަރީ އާއި ކާބޯތަކެއްޗެވެ. އެ ގޮތުން 960 މިލިއަން ރުފިޔާގެ މެޝިނަރީ އަދި 960 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓްކުރި އެވެ. ރާއްޖެއިން އެކްސްޕޯޓުކުރި ގައުމުތަކަށް ބަލާއިރު އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެގައުމަށް 68 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކުރިއިރު ދެވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރީ އިނގިރޭސިވިލާތަށެވެ. އެގައުމަށް އެކްސްޕޯޓުކުރީ 25 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. 73 މިލިއަން ރުފިޔަގެ ފިނިކުރި ކަޅުބިލަމަސް ބޭރުކޮށްފައިވާއިރު ދެން އެންމެ ގިނައިން ބޭރުކުރީ ދަޅުގައި ބަންދުކޮށްފައިވާ މަހެވެ. 29 މިލިއަން ރުފިޔާގެ ދަޅުމަސް ރާއްޖެއިން ބޭރުކުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ. ތިންވަނައަށް އެންމެ ގިނައިން ބޭރުކުރީ ގަނޑުކުރި ކަންނެއްޔެވެ. 15 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި ރާއްޖެއިން ބޭރުކޮށްފައިވެއެވެ. ޖަނަވަރީ މަހު އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިޔާއާއި ޗައިނާއިންނެވެ. އެގޮތުން އިންޑިޔާއިން 51.04 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރިއިރު ޗައިނާއިން އިމްޕޯޓުކޮށްފަައިވަނީ 1.043 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އެކުވެރި އަރަބި އިމާރާތުން އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފަައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު