Friday, November 13
ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަމުގެ މައްޗަށް ބަލާ އެވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނާނެ: ފަލާހު
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންނަށް ބަދަލު ގެނައުމަކީ ޕާލިމެންޓަރީ ގްރޫޕުތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ. ފަލާހު މިއަދު  "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް އެކި އިރު ބަދަލު ގެނައުމަކީ މީގެކުރީގެ މަޖިލީސްތަކުގައި ވެސް ކޮށްފައިވާ ކަންކަން ކަމަށެވެ. ފަލާޙް ވިދާޅުވީ 20 ވަނަ މަޖިލީހުގައިވެސް މިފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް، ކޮމެޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުން ދާނެ ކަމަށް ޕޯސްޓްގައި ވިދާޅުވިއެވެ. މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައި، އެހެން މެންބަރުން ކޮމިޓީތަކަށް ހަމަޖައްސަވާފައިވާ ވަގުތެއްގައެވެ. ދެ ކޮމެޓީއަށް ބަދަލު ގެނައުމާއި ގުޅިގެން މީޑިއާތަކަށް އަޒާން ވިދާޅުވީ އޭނާއަށް ބޮޑަށް ލަފާކުރެވެނީ ބައެއް ބާރުގަދަ ފަރާތްތަކާ ގުޅުން އޮންނަ ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކޮމިޓީން އޭނާ ބޭރުކުރީ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެކަން ދޮގުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު