Friday, November 13
ފަލާޙް ޖަމިއްޔާގެ ރަންޔޫބިލް ގުރުއާން މުބާރާތް 532 ދަރިވަރުންނާއި އެކު ފަށައިފި

ޖަމްޢިއްޔަތުލް ފަލާޙްގެ ރަންޔޫބިލް ޤުރުއާން މުބާރާތް 532 ދަރިވަރުންނާއި އެކު މިއަދު ފަށައިފިއެވެ.

ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދާ މި މުބާރާތް ފެށީ މިއަދު ހެނދުނުއެވެ. މުބާރާތުގައި މާލޭ، ހުޅުމާލެ، ވިލިމާލޭގެ ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގެ 24 ސްކޫލަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން 184 ދަރިވަރަކު ބައިވެރިވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 348 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ޤުރުއާން މުބާރާތުގެ ބައެއް ދަރިވަރުންނާއި ބެލެނެވެރިން- ފޮޓޯ: ފަލާޙް ޖަމްޢިއްޔާ

މިއީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސާ ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް  ކީރިތި ގުރުއާން ކިޔަވަން ދަންނަ ދަރިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ފަލާޙް ޖަމްޢިއްޔާޢިން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު