Friday, November 13
ރޯދަ މަހު މާލެ ސަރަޙައްދުގައި ވެކްސިންދޭ ގަޑިތައް އާއްމުކޮށްފި
މާލޭ ސަރަހައްދުގައި ރޯދަ މަހު ވެކްސިން ދޭ ގަޑިތަކާއި މަރުކަޒުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފިއެވެ. އެގޮތުން މާލޭގައި ހުންނަ ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަަލަށް ކޮންމެ ދުވަހަކު ހެނދުނު 8:15 އިން ފެށިގެން މެދުރު 1:15 އަށް ރޫޓިން އަދި ޓްރެވެލް ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ރޭގަނޑު 9 އަކުން ދިހައަކަށް ދަތުރުކުރާ ފަރާތްތަކުން ޖަހާ ވެކްސިން ޖެހުން ކުރިއަށް ދާނެއެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލް، މެޑިކާ، އޭޑީކޭ، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުންވެސް ވެކްސިން ދެމުން ގެންދާނެއެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކުންވެސް ވެކްސިން ޖެހުމުގެ ކަންކަން ރޯދަ މަހުވެސް ކުރިއަށް ދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު