Friday, November 13
ރަޝިއާއާއި މޮރޮކޯއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ފާސްކޮށްފި

ދެ ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ރަޝިއާ އަދި މޮރޮކޯއަށެވެ. އެގޮތުން، ރަޝިއާއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ތުރުކީވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެޓް ޖެނެރަލް ރިޓަޔަރޑް އަބްދުއްރަޙީމް އަބްދުއްލަތީފެވެ. މޮރޮކޯއަށް ނޮން ރެޒިޑެންޓް ސަފީރުގެ ގޮތުގައި އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވެވީ ސައުދިއަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރުގެ ނަންފުޅެވެ.

އެ ދެ ބޭފުޅުން ނޮން ރެޒިޑެންޓް ސަފީރުންނަށް އައްޔަން ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކުރުމަށްފަހު ވަނީ މަޖިލިހުގެ ތަޅުމަށް ހުށަހަޅާފައެވެ. އަދި މަޖިލީހުން އެ ދެ ބޭފުޅުންނަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ފިލިޕީންސްއަށް ނޮން ރެޒިޑެންޓް ސަފީރަކު އައްޔަން ކުރެއްވުމަށްވެސް ރައީސުލްޖުމްހުރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވެވީ މެލޭޝިއާއަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދުގެނަމެވެ.

އެ ނަން ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު