Friday, November 13
ހެޔޮގޮތުގައި މުދާ ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިން

މުދާ ހެޔޮގޮތުގައި ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގިވާލެއްވީ ރަމަޟާންމަހުގައި ބާއްވަމުން އަންނަ މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް ރޭ ފެށްޓެވުމުގެ ގޮތުން ތަޤްރީރު ކުރެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރާމް ޚާއްސަކޮށްފައިވަނީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މަޢުޟޫއަށެވެ.

މިިނިސްޓަރ ވިދާޅުވީ މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ކަމަށާއި މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ އުނގަންނައި ދެއްވާފައިވާ ކަމަށެވެ.

" އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ. ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ." ކީރިތި ޤުރުއާނުގެ އަލީގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވަނީ ޤައުމަށް އައިސްތިބި ބިދޭސީންނަށް ވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލައްވަ ވާހަކަފުޅު ދައްކަވާފައެވެ. އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަން ފާހަގަކުރައްވާ މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަމާއި އެކަމުގެ މައްޗަށްވެސް ތަފްޞީލްކޮށް މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.

"މުދަލުގައި ވާ އެންމެ ބޮޑު ޙައްޤަކީ ﷲގެ ޙައްޤު. މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން." ޑރ. ޝަޙީމް ވިދާޅުވިއެވެ.

މިނިސްޓަރ ގެތަގްރީރުގައި ހަލާލު ގޮތުގައި މުދާ ހޯދުމާއި ރިޝަވަރުގެ ނުބައިކަމުގެ މައްޗަށްވެސް ވަނީ އަލި އަޅުއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ބޮޑުގޮހޮޑާ - 2025-03-04T03:58:02

    އެހެންތަ؟؟