Saturday, October 31
ޑޮކްޓަރުންނަށް ދޫކުރަމުން އައި ވަގުތީ ލައިސަންސް 6 މަހަށް ކުރުކޮށްފި

ޑޮކްޓަރުންނަށް ދޫކުރަމުން އައި ވަގުތީ ލައިސަންސް 6 މަސްދުވަހަށް ކުރުކުރުމަށް މިނިސްޓްރީ އޮފް ހެލްތު ނިންމައިފިއެވެ.

ކުރި މި ލައިސަންސް ދޫކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެޑިކަލް ލައިސެންސިންގ އެގްޒާމް ފުރިހަމަ ކުރަންޖެހޭ ޑޮކްޓަރުންނަށް 1 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަމުންދިއަ ޕްރޮވިޝަނަލް ރެޖިސްޓްރޭޝަންގެ މުއްދަތު 2024 ސެޕްޓެންބަރު 01 އިން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ކުރުކުރުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ މި ގޮތަށް ނިންމީ ޕްރެކްޓިސް ލައިސަންސް އެއް،  އެއް އަހަރު ދުވަހަށް ދިނުމަކީ މާ ދިގުމުއްދަތެއް ކަމަށް ޤަބޫލުކުރެވޭތީ ކަަމަށެވެ.

މިނިސްޓްރީން ބުނީ 2025 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން އަދި ލައިސެންސް ދޫކުރަމުންދާނީ 6  މަސް ދުވަހަށެވެ. އަދި 2024 ސެޕްޓެންބަރު 01 އިން  2025 މާރިޗު 01 ވަނަ ދުވަހާއި ހަމައަށް  ރެޖިސްޓްރޭޝަން ("ބީ" ކެޓަގަރީ) ދޫކުރެވިފައިވާ ހުރިހާ ޑޮކްޓަރުންނަށް 2025 މާރިޗު 01 ވަނަ ދުވަހުން ފެށިގެން އިތުރު 6 (ހައެއް) މަސް ދުވަސް ދެވޭނެ ކަމަށެވެ.

މިނިސްޓްރީން މިކަން އާއްމުކޮށް އަންގާފައިވަނީ މިދިޔަ މަހުގެ ހަތާވީސް ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު