Saturday, October 31
މައްސަލަ ހައްލުކޮށް ފޮނަދޫގެ ފެނުގެ ޚިދުމަތް އަލުން އިއާދަކޮށްފި
ލ. ފޮނަދޫގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް ފެނުގެ ޚިދުމަތް މިހާރު އިޢާދަ ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. ފެނަކައިން ވަނީ މިއަދު ކުރި ޕޯސްޓެއްގައި މި މައްސަލަ ހައްލުކުރުމުގައި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ. "އަދި ފޮނަދޫގެ ލޮބުވެތި ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި، ދެއްކެވި ނަމޫނާ އަށް ވެސް ޝުކުރު ދަންނަވަން"، އެ ކުންފުނިން ބުންޏެވެ. ފެނަކައިން އިއްޔެ ބުނީ ލ. ފޮނަދޫ ގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ބޭނުންކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށާއި، ބޭނުންވާ ތަކެތި މާލެ އިން އެރަށަށް ރޭ ފޮނުވައިގެން މައްސަލަ ޙައްލުކޮށް ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައެވެ. ލ. ފޮނަދޫއަށް ސަޕްލައި ފެނުގެ ނިޒާމް ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު