Friday, November 13
މަގު ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ނިރޮޅުމަގުގައި ހިނގި އެކްސިޑެންޓެއްގައި، މަގުހުރަސްކުރަނިކޮށް ކުޑަކުއްޖަކާއި އިތުރު މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ގައި ހަ އަހަރުގެ ކުއްޑަކުއްޖާގެ ކަކޫ މަށައިގެން ތުންފަތް ފަޅައިގެން ގޮސް އިތުރު ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސް އޮތެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްޤީޤް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު