Saturday, October 31
ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޮނަދޫގެ ފެނުގެ ޚިދުމަތް މެދުކަނޑިއްޖެ
ޓެކްނިކަލް މައްސަލައަކާ ގުޅިގެން ލ. ފޮނަދޫގެ ފެނުގެ ޚިދުމަތް މެދުކަނޑިއްޖެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ލ. ފޮނަދޫ ގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ބޭނުންކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ބޭނުންވާ ތަކެތި މާލެ އިން އެރަށަށް މިރޭ ފޮނުވައިގެން މައްސަލަ ޙައްލުކޮށް ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައިވެސް ފަނަކައިން ބުންޏެވެ. ލ. ފޮނަދޫއަށް ސަޕްލައި ފެނުގެ ނިޒާމް ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފެށީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު