އާދިއްތަ, November 1
ހުޅުމާލޭ ސަހަރާގައި ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި
ހުޅުމާލޭ ސަހަރާގައި ފެން ނުހިނދޭތީ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށެވެ. މިހެން ކަމުން މިއަދު މަޣްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ. ހުކުރު ދުވަހުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. މެ ޓް އޮފީހުން ވަނީ މިއަދު 12:30 އިން 17:30 އަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރިމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު