Friday, November 13
ދިގުރަށުން މާލެއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް: 45 މީހުން ސަލާމަތްކޮށްފި
އދ. ދިގުރަށުން 45 މީހުންނާއެކު މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. ފުލުހުންގެ ބުނީ މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 07:57 ހާއިރު ކަމަށެވެ. "ހުވަން" ނަމަކަށް ކިޔާ މި ލޯންޗު ދަތުރުކުރަމުން ދިޔައީ އދ. ދިގުރަށުން މާލެއަށް ކަމަށާއި، މިލޯންޗުގައި 45 މީހުންނާއި 3 ފަޅުވެރިން ތިބިކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. މިހާދިސާއާ ގުޅިގެން ފުލުހުންގެ އިމަރޖެންސީ ރެސްޕޮންސް ޓީމުތަކުން ލޯންޗު އަޑިއަށް ދިޔަ ސަރަހައްދަށް ގޮސް ކަނޑުވި ހުރިހާ އެންމެންވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މިހާރު އެންމެންވެސް ދިގުރަށަށް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ވޭތުވެ ދިޔަ ދެ ދުވަހަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ އަދި ބައެއް ސަރަހައްދުތަކަށް ވައި ގަދަ ދުވަސްވަރެކެވެ. މިއަދު ހެނދުނު ހަތަކާއި ހަމައަށް މޫސުމާިއ ބެހޭ އިދާރާޢިން ވަނީ އޮރެންޖް އިންޒާރު ރާއްޖޭގެ ބޮޑު ހިސާބަކަށް ނެރެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު