ޓްރީ ޓޮޕް ހޮސްޕިޓަލުން ރަމަޟާން މަހު ޚިދުމަތް ދޭ ގަޑިތައް އާންމުކޮށްފިއެވެ.
ޓްރީ ޓޮޕުން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލް އޯޕީޑީ އަދި މާލޭ ކުލިނިކުން ޚިދުމަތް ދޭނީ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު، ކޮންމެ ދުވަހެއްގެ 10:00 - 15:00 އަށް އަދި 20:30 އިން 23:00 އަށެވެ. އަދި ހުކުރު ދުވަސް ބަންދުވާނެއެވެ.
މީގެ އިތުރުން ޓްރީ ޓޮޕްގެ ފެމިލީ ކުލިނިކުން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާ ދެމެދު 10:00 - 17:00 އަށް އަދި 20:30 - 00:00 އަށް ޚިދުމަތް ދޭނެއެވެ. އަދި ހުކުރު ދުވަހުގެ 20:30 އިން 23:00 އަށްވެސް ފެމިލީ ކުލިނިކުގެ ޚިދުމަތްތައް ލިބޭނެއެވެ.
މީގެ އިތުރުން ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އަވަސް ފަރުވާގެ ޚިދުމަތް 24 ލިބޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން