މިގޮތުން ދިއްފުށީގައި ޤާއިމްކޮށްފައިވާ އޮޓޮމެޓިކް ވެދަރ ސްޓޭޝަނުން ވަނީ އިއްޔެ 8:00 އިން މިއަދު ހެނދުނު 8:00 އާ ދެމެދު 296 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ރަށަކަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު އަދަދެވެ.K. Dhiffushi's automatic weather station recorded 296mm of rainfall in the past 24 hours! pic.twitter.com/5eiIT1wJaq
— Maldives Meteorology (@MetMaldives) March 2, 2025
މިހާތަނަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތައް
- ކ. ދިއްފުށި - 296.1 މިމިލީޓަރު (02 މާރިޗު 2025)
- ހއ. ކެލާ 231.5 މިލިމީޓަރު (12 އޮގަސްޓު 2024)
- މާލެ - 228.9 މިލިމީޓަރު (05 ޑިސެންބަރު 2018)
- ސ. ގަން - 228.4 މިލިމީޓަރު (24 ނޮވެންބަރު 2015)
- ގދ. ކާނޑެއްދޫ - 219.8 މިލިމީޓަރު (09 ޖުލައި 2002)






