މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 07:00 އިން 11:00 އަށް ބ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު 09:30 އިން 13:30 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށްވެސް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މާލޭގައި ފެންބޮޑުވެފައިވާއިރު، މާލެ ކައިރިން ކ.ހުރައާއި ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރުންވަނީ އެ ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްގެންގޮސްފައެވެ.
މި ލިޔުން ކިޔާލުމުން